ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓްރައިބިއުނަލްގެ އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:VTR/IU/2015/06-ފ200 އިޢުލާނަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިޓްރައިބިއުނަލްގެ 3308773 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޝައްވާލް 1436

03 އޮގަސްޓް 2015
ހޯދާ