މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ތ. ދިޔަމިގިލީގައި 2 ސުވަރޭޖް ޕަމްޕިންގ ސްޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުން

ތ. ދިޔަމިގިލީގައި 2 ސުވަރޭޖް ޕަމްޕިންގ ސްޓޭޝަން ހަދައިދޭނެ ފަރާތެއް ހޯދުން

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ތ. ދިޔަމިގިލީގައި ސުވަރޭޖް ޕަންޕިންގ ސްޓޭޝަން ޕީ.އެސް 1 އަދި 2 ހަދައިދޭނެެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 02 އޮގަސްޓު 2015 އިން 06 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 10 އޮގަސްޓު 2015 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2015 ވާ ދުވަހުގެ 11:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 19 އޮގަސްޓު 2015 ވާ ދުވަހުގެ 11:00 ގައެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

30 ޖުލައި 2015
ހޯދާ