މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" ގެ ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީއާއެކު ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ދިރޭތަކެތީގެ ނަސްލުތަކާބެހޭ 5ވަނަ ރިޕޯޓް" ލޭއައުޓް ހަދައި ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، މަސައްކަތް ކުރުމުގެ ޓައިމްލައިން އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018329

ފެކްސް: 3018301

އީމެއިލް: procurement @environment.gov.mv

ވެބްސައިޓް: www.environment.gov.mv

23 ޖުލައި 2015
ހޯދާ