ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް – ބަށި ކޯޓެއް ހެދުމާބެހޭ

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ބަށިކޯޓުގެ ފެންސް ޖަހައި ކޯޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 6 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހަޅަން އަންނަ ފަރާތްތަކަށްވެސް އެފުރުޞަތެއް ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބު އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

1-  ހުށަހަޅާ އަގަށް   %60

2- ހުށަހަޅާ މުއްދަތަށް  %20

3- ލިބިފައިވާ މާލީ ތަނަވަސްކަމަށް % 10

4- މިފަދަ މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަމަށް % 10

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

05 ޝައްވާލު 1436

21 ޖުލައި 2015
ހޯދާ