މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޮމަންވެލްތު ޔޫތު ވޯކަރސް އެވޯޑު 2015

ސުރުޚީގައިވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ އިނާމު ޚާއްޞަކުރެވިފައިވާ ޝިޢާރަކީ “Youth Workers Creating Path for Peace” އެވެ.

މި އިނާމަށް ނަން ހުށަހަޅާފަރާތްތަކަކީ ޒުވާނުންގެ ވުޒާރާއިން އެންޑޯސްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިހެންކަމުން، މި އިނާމަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކުރައްވާފައިވާ މަސައްކަތްތައް އެނގޭނެފަދަ ލިއެކިއުންތައް ސިޓީއާއެކު ހުށަހެޅުއްވުން އެދެމެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓު 2015 އެވެ.

އިތުރު މަޢުލޫމާތު ކޮމަންވެލްތުގެ ވެބްސައިޓް www.thecommonwealth.org، އަދި ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އިން ލިބިވަޑައިގަންނަވާނެއެވެ.

4 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ