މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
2015 ޖުލައި 25 (ހޮނިހިރު) ދުވަހުގެ ހަވީރު 17:00 ން 20:00 އަށް މާލޭގައި ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަވައިފި

އިޢުލާން

2015 ވަނަ އަހަރުގެ މިނިވަންދުވަހުގެ ކުޅިވަރުތަކުގައި ވީހާވެސް ގިނަ އާއިލާތަކަކަށް ރައްކާތެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ހޯދައިދުނުމުގެ ގޮތުން 2015 ޖުލައި 25 ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:00 ން 20:00 އާ ދެމެދުގެ ވަގުތަކީ މާލޭގައި ފައިމަގުގައި ހިނގާފައި އުޅޭ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ.

ވީމާ، 2015 ޖުލައި 25 ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:00 ން 20:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް އެދުވަހުގެ 17:00 ން 20:00 އާ ދެމެދު ދުއްވުމަކީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއް ކަމުގައި އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ނަމަވެސް، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވަގުތުގައި ބައިސްކަލް ދުއްވުމަކީ މި އޮތޯރިޓީން ތަރުޙީބު ދޭ ކަމެއްކަމުގައި ދެންނެވީމެވެ.

1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2- އެމްބިއުލެންސް

3- ފުރާ މީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް

4- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް

5- އެދުވަހު އެގަޑީގައި ދުއްވުމަށް ހުއްދަ ދެވޭ އުޅަނދު

6- އާއްމު ދަތުރުފަތުރުގެ ހުއްދަ ދިނުމަށް ސިޓީކައުންސިލުން ހުއްދަ ދީފައިވާ ބަހުގެ ޚިދުމަތް

މަތީގައިވާ ހަ ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދަށް ޚާއްޞަ ހުއްދައެއް މިނިސްޓަރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރްކަޗަރުގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިން ދޫކުރައްވާގޮތަށް އެފަރާތުން ވަނީ ހަމަޖައްސަވާފައެވެ. މި ހުއްދަ އުޅަނދުތަކުގައި އާންމުކޮށް ފެންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަންވެސް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

09 ޝައްވާލް 1436

25 ޖުލައި 2015
ހޯދާ