ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މި އިދާރާގެ ނަންބަރު (IUL)240-CA/240/2015/41 (03 ޖޫން 2015) އިޢުލާނުގައި މަޤާމުގެ ދާއިރާ ކަނޑައެޅިފައިނުވާތީ ކެންސަލްކުރެވިފައިވާތީ ދެންނެވީމެވެ. 

މަޤާމު:

ޕްލޭނިންގ އޮފިސަރ    

ކުލެސިފިކޭޝަން:

ޓެކުނިކަލް އޮފިސަރ ގުރޭޑް 1

ރޭންކް:

MS1

މުސާރަ:

5610:00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- ސަވިސް އެލަވަންސް  2000:00 ރ

- މި މަޤާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

މަޤާމު ބޭނުންވާ

ސެކުޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް 

މަސައްކަތް ކުރަންޖެހޭ ތަނާއި،ރަށް:

ލ. އަތޮޅު ކައުންސިލްގެ އިދާރާ ލ. ފޮނަދޫ

މަޤާމުގެ ޝަރުތުތައް:

  1. ޕްލޭނިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ޕްލޭނިންގ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްލޭނިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  3. ޕްލޭނިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒިނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 އަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށް ފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ފާސްކުރަން ފޮނުވުން. 
  2. ތަރައްޤީގެ ޕްލޭން ހެދުމާއި ތަރައްޤީއަށް ރޭވުމާއި، ޕޮލިސީ ކަނޑައަޅަންޖެހޭ ކަންކަމުގައި ރަށު ކައުންސިލްތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުން. 
  3. ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
  4. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
  5. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ލޯކަލް ގަވައިމަންޓް އޮތޯރިޓީއަށް ފޮނުވުން.
  6. ކައުންސިލަރުންކުރާ މަސައްކަތްތައް ހަލުވިކުރުމަށް ކުރެވިދާނެ ކަންކަން ބަލައި ހޯދާ ގެންނަށްޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  7. ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދާނޭ ގޮތުގެ ޑީޓެއިލް އައުޓްލައިނެއް ތައްޔާރުކުރުން.

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ލިބިފައިވާ ތައުލީމާއި ތަމްރީނު

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މައުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަރވިއު ކުރުމާއި، އަދި އިމްތިހާން ކުރުން.

ތަނާއި މުއްދަތު ނުވަތަ ތާރީޚް ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން  މިއިދާރާއަށް

އިތުރު މައުލޫމާތު

¨ ސިވިލް ސަރވިސް ވަޒީފާއަށް އެދޭފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ.

¨ މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800713 ނަންބަރު ފޯނާއެވެ. 

12 ޖުލައި 2015
ހޯދާ