ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވޯކްޝޮޕް ހިންގައިދެއްވާނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ވޯކްޝޮޕް ހިންގައިދެއްވާނެ ފަރާތެއް ހޯދުމާގުޅޭ

މިފެކަލްޓީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް "ސުޕަރވައިޒިން ދަ ރިސާރޗް ޕްރޮސެސް އެންޑް ޕަބްލިޝިންގ ރިސަރޗް ވޯކް" އާ ގުޅޭ ވޯކްޝޮޕް/ ސެޝަންތަކެއް 3 ދުވަހުގެ މުއްދަތަށް (22 ނޮވެންބަރު 2015 އިން 24 ނޮވެންބަރު 2015އަށް) ހިންގާދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެގެން ކުރެވުނު މިފެކަލްޓީގެ ނަންބަރު 153-FE/2015/12(28 ޖޫން 2015) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޝަލް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިވޯކްޝޮޕްގެ ސެޝަންތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13:15 އަށް މި ފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖުލައި 2015ވާ އަންގާރަ ދުވަހުގެ 13:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ