ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
2015 ވަނައަހަރުގެ ޕްރައިޒްޑޭގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނައަހަރުގެ ޕްރައިޒްޑޭގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތިރީގައިވާ ތަކެތި ސްކޫލުން ބޭނުންވާ ގޮތަށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- 567 ތަށި (ސްކޫލުން ބޭނުންވާ ސައިޒުތަކުގައި ލިޔުންކޮޅު ހަރުކޮށް)

2- 01 ޝީލްޑް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)

3- 01 ސޭޝް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށެހެޅުއްވުން

21 ޖުލައި 2015 ވާ އަންގާރަ ދުވަހު 10:00 އަށް

29 ޖުލައި 2015 ވާ ބުދަ ދުވަހު 10:00 އަށް

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ