މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                          އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގެ ބައެއް ފްލޯރތަކުގައި ހުރި އެއަރ ކޮންޑިޝަން ސިސްޓަމްތައް ނައްޓައި ވީ.އާރު.ވީ އެއަރ ކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް  މިނިސްޓްރީ ނަންބަރު (IUL)23-AP/1/2015/92 (23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ދެފަރާތުން ވަޑައިގެންފައިވާތީ، އެ އިޢުލާން ބާޠިލުކޮށް މިނިސްޓްރީ އޮފް ހެލްތުގެ ބައެއް ފްލޯރތަކުގައި ހުރި އެއަރ ކޮންޑިޝަން ސިސްޓަމްތައް ނައްޓައި ވީ.އާރު.ވީ އެއަރ ކޮންޑިޝަން ސިސްޓަމަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަމަޟާން  1436       

09 ޖުލައި 2015
ހޯދާ