ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް މިއުޒިއަމް ގައިޑް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް މިއުޒިއަމް ގައިޑް

މަޤާމު:

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3) 

ރޭންކް:

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ނެޝަނަލް މިއުޒިއަމް

ސެކްޝަން:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / ކ. މާލެ

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް:

ހެނދުނު 10:00 ން 17:00 އަށް

ރަސްމީ މަސައްކަތު ގަޑި:

ދާއިމީ

ވަޒީފާގެ ގިންތި:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:  މިއުޒިއޮލޮޖީ،  ކިއުރޭޓަލް ސްޓަޑީސް،  މިއުޒިއަމް މެނޭޖްމަންޓް،  ކަލެކްޝަން މެނޭޖްމަންޓް،  މިއުޒިއަމް ސްޓަޑީސް،  މިއުޒިއަމް ކޮމިއުނިކޭޝަން،  ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން،  ހިސްޓްރީ،  ކަލްޗަރ،  ދިވެހި ބަސް،  މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން،  އާޓިފެކްޓް ސްޓަޑީސް،  މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން.

 

 

 

މަޤާމުގެ ޝަރުޠު:

- ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދާރުލްއާސާރުގައި ބެހެއްޓިފައިވާ ތަކެއްޗާބެހޭ މަޢުލޫމާތު ދިނުން.

- ދާރުލްއާސާރުގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ  ތަކެތީގެ  ފުރިހަމަ  ކެޓަލޮގެއް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން.                                      

- އެގްޒިބިޓް ކުރެވިފައި ހުންނަ ތަކެއްޗާއި ސްޓޯރޭޖްގައި ހުރި  ތަކެތީގެ  ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.                                        

- ހުރިހާ ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފޮޓޯނަގައި ފޮޓޯ އިންވެންޓްރީ  ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

- ތަނަށް އަލަށް ލިބޭ ތަކެތީގެ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމުގައި  އެހީތެރިވެދިނުން.

- އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދީ ހުރިހާ ތަކެތީގެ މަޢުލޫމާތު އޭގައި ހިމެނުން.

- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއިސަރަޙައްދީ ދާރުލްއާސާރުތަކުގައި  ކަލެކްޝަން މެނޭޖްކުރުމާއި، ޑޭޓާބޭސް މެނޭޖްކުރުމުގައި އެހީތެރިވެދިނުން.

- ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި ފޯމްގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމް ފޮނުވައިދެވޭނެ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުމުގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

-ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސް މަޤާމްތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި، އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއު ކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން:

- ތަޢުލީމާއި  ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް،  އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

ސްކްރީން ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުންއެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

އިތުރު މަޢުލޫމާތު:

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ