މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

"ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް"

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ގޯތީގެ ވަށައިފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ނުވަތަ ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 22 ޖުލައި 2015 ވާ ބުދަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ނުވަތަ ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 ރަމަޟާން 1436

30 ޖޫން 2015
ހޯދާ