ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާނު

2015 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

(ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ/ ކޮލެޖު)
  3. އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެބައި
  4. އަމިއްލަ ފަރާތްތަކުގެ ބައި

(ށ) އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ 3 އުމުރުފުރާގައެވެ. އެއީ 13 އަހަރުންދަށް، 13 އަހަރާއި 16 އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދެވެ. މި ބައިގައި ބައިވެރިކުރެވޭނީ ކޮންމެ އުމުރުފުރައަކުން ގިނަވެގެން 7 ދަރިވަރުންނެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިކުރަންވާނެއެވެ.

(ނ) މަތީ ތަޢުލީމުގެ ބައި ހުޅުވާލެވިފައިވަނީ ޔުނިވަރސިޓީ/ ކޮލެޖުތަކަށެވެ. މި ބައިގައި ބައިވެރިކުރެވޭނީ ގިނަވެގެން 5 ދަރިވަރުންނެވެ. މަދުވެގެން 3 ދަރިވަރުން، ބައިވެރިކުރަންވާނެއެވެ.

(ރ) އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެބައި ކުރިއަށް ދާނީ ބަހުސް މުބާރާތެއްގެ ގޮތުގައެވެ.

(ބ) އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރާއެއްގައެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާގަޔާއި 18 އަހަރުން މަތީގެ އުމުރުފުރާގައެވެ.    

(ޅ) މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2015 އޯގަސްޓު 3 ވަނަ ދުވަހުއެވެ.

(ކ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ ދިހަދުވަސްކުރިން އެކެޑަމީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

(އ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސުގެ އަސްލާއެކު އޭގެ ނަކަލު، 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހަޅަން ވާނެއެވެ.

(ވ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު އަދި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3345284 ން ލިބޭނެއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ