މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެކްސްޓް ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ޓެކްސްޓް ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ

ގްރޭޑް 1,2,3 ގެ އިސްލާމް، ދިވެހި، ޤުރުއާން މި ތިން މާއްދާގެ ދަރިވަރުންގެ ފޮތާއި ކޮންމެ މާއްދާއެއްގެ މުދައްރިސުންގެ ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

16 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ