މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް - 2015

އިޢުލާން

ފުރާވަރުގެ އުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް - 2015

ފުރާވަރު އުމުރުގެ ކުދީންނަށް އަމާޒު ކޮށްގެން، ކުދިން ޝައުޤުވެރިވާ ގޮތަށް، އިސްލާމީ ރިވެތި އަޚްލާގާއި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތަށް ހުށަހަޅާ ވާހަކަތަކުން ބޮޑެތި ވަނަތަކަށް އަންނަ ކުދިންނަށް އިސްލާމީ މުޖްތަމަޢުގެ ތެރޭގައި ހުންނަންޖެހޭ އަދަބުތައް ކަމުގައިވާ، މައިންބަފައިންނަށް ކަމޭ ހިތުން، މުދައްރިސުންނަށް އިޙްތިރާމް ކުރުން، އަމުރުވެރިންނަށް ކިޔަމަންވުން، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުން،  އަވަށްޓެރިންނަށް އިޙްތިރާމް ކުރުން، ކުޑަކުދިންނަށް އޯގާތެރިވުން، މަގުމަތީގެ އަދަބުތަކުގައި ހިފެހެއްޓުން ފަދަ ކަންކަން އެނގި ދަސްވުމާއި ކީރިތި ރަސޫލާގެ ސީރަތުންނާއި އަޞްޙާބުންނާއި ތާބިޢީން ފަދަ ބޭބޭކަލުންގެ ދިރިއުޅުއްވުމުން ލިބެންޖެހޭ ޢިބްރަތްތެރިކަން ލިބިގަތުން ހިމެނެއެވެ.

މި މުބާރާތުން 1 ވަނަ ހޯދާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމު ލިބޭނީ މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2015 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މިދާއިރާއިންނެވެ.

މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް މިނިސްޓްރީން އިނާމު ހުށަހަޅާފައިވެ އެވެ. އެއީ:

  1. އެއްވަނަ އަށް     -/10000ރ. (ދިހަ ހާސް ރުފިޔާ)
  2. ދެވަނަ އަށް     -/7500 ރ. (ހަތް ހާސް ފަސް ސަތޭކަ ރުފިޔާ)
  3. ތިންވަނަ އަށް    -/5000 ރ. (ފަސް ހާސް ރުފިޔާ)

1 ވަނަ 2 ވަނަ އަދި 3 ވަނަ އިގެ އިތުރުން އެންމެ ގިނަ މާކުސް ލިބޭ ފަސް ވާހަކަ ހުށަހެޅި ކޮންމެ ފަރާތަކަށް -/3000 ރުފިޔާ (ތިން ހާސް ރުފިޔާ) ގެ އިނާމު ވަނީ ކަނޑައެޅިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2015 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ފޮތާއެކު މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv ން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި މިނިސްޓްރީގެ 3020243 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ