އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސ.ހިތަދޫގައިހިމާޔަތްކުރެވިފައިވާ ސަރަހައްދު (އީދިގަލި ކިޅި ސަރަހައްދު) އާ ބެހޭ

އިޢުލާން

ޤާނޫނު ނަންބަރު 93/4  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ސ.ހިތަދޫގައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދަށް (އިދިގަލި ކިޅި ސަރަޙައްދު) ވަރަށް ގިނަ ފަރާތްތަކުން ކުނިއަޅަމުންދާކަމުގެ ޝަކުވާ މިއެޖެންސީއަށް ދަނީ ލިބެމުންނެވެ.   އެނގިވަޑައިގަންނަވާނެފަދައިން މިސަރަޙައްދު ހިމާޔަތްކުރުމަށްފަހު މިސަރަޙައްދަށް ކުނިއެޅުމާއި، ގަސްކެނޑުން، ބޮލިހިލުން އަދި ގަލާއި ވެލިނެގުން ވަނީ މަނާކޮށްފައެވެ.

ވީމާ މިސަރަޙައްދުގައި ކުރުން މަނާކުރެވިފައިވާ ކަންތައްތަކާއި، ގަލާއި ވެލިނެގުން އަދި މިސަރަޙައްދަށް ކުނިއަޅާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 93/4  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އެންގީމެވެ.

16 ޝަޢުބާން 1434

25 ޖޫން 2013
ހޯދާ