ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 އައިސް ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލުން

2 އައިސް ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ 2 އައިސްކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ. ނީލަން ފެށޭ އަގަކީ -/70000 ރުފިޔާއެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/5000 ރުފިޔާއެވެ. މިނީލަމުގައި ބައިވެރިވެވޭނީ ޑިޕޮޒިޓްގެ ގޮތުގައި -/5000ރުފިޔާ މިއިދާރާއަށް ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުނުވާ ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހޯދުމަށް ހުށަހެޅުމުން ރަސްމީ 5ދުވަހުގެ ތެރޭގައި އެފަރާތަކަށް އެފައިސާ ލިބޭނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދައްކަންޖެހޭނީ ޑިޕޮޒިޓްގެ ގޮތުގައި އެފަރާތުން ދެއްކި ފައިސާއިން ނީލަމުގެ އަގުން ކަނޑައިބާކީވާ އަދަދެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. މިއިދާރާގެ މެއިލް ([email protected]) މެދުވެރިކޮށް އަދި ފެކްސް (6800767) މެދުވެރިކޮށްވެސް ސިޓީ ހުށަހެޅޭނެއެވެ. ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި ކޮންމެ ރަސްމީ ދުވަހެއްގެ 15:00ގެ ފަހުން ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 15:00އާ ހަމައަށް ކުރީދުވަހު ހުށަހެޅިފައިވާ އެންމެ މަތީއަގު ކައުންސިލް އިދާރާގެ އެތެރޭގައިވާ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމަށް 7ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރަންޖެހޭނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިހުރި ފައިސާއެއް ނުދެވޭނެއެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ