މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން އދ.ދަނގެތި، މޯލްޑިވްސް

ޕްރޮޖެކްޓް ނަންބަރު: 2TES/2015/W-6

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން އދ.ދަނގެތި، މޯލްޑިވްސް

1- ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން އދ.ދަނގެތި، މޯލްޑިވްސް މި ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13K1/13/2015/137) އިޢުލާނަށް ރަޖިސްޓަރީވުމުގެ މުއްދަތު 2015 ޖޫން 21 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ނިންމަވައިފައެވެ.

2- 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި އދ.ދަނގެތީގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ (އެމް.އީ.އީ) ގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން އދ.ދަނގެތި، މޯލްޑިވްސް އަދި އެއާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން UC03ގެ ގްރޭޑް1،2 އަދި 3 އަކަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

4- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) މިބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މިލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

5- ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/150,000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6- ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 4 ޖޫން 2015 އިން 21 ޖޫން 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް (ރަމަޟާން މަހު 10:30 އިން 13:30 އަށް) މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/5001 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

7- މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖޫން 2015ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

    ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

    މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

    އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

    ފޯން: 3349125      

    ފެކްސް: 3320706      

    އީމެއިލް: [email protected]

    ކޮޕީ: [email protected]

8- މި ޕްރޮޖެކްޓްގެ ބިޑްތައް 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނަށް ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9- މި މިނިސްޓްރީގެ ވެބްސައިޓް (www.finance.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

02 ޖޫން 2015
ހޯދާ