މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
'ރިޔާޟުއްޞާލިޙީން' 04 ފޮތަކަށް ބައިކޮށްލައިގެން ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީން ޗާޕުކޮށް ނެރެފައިވާ "ރިޔާޟުއްޞާލިޙީން" 04 ފޮތަކަށް ބައިކޮށްލައިގެން ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

10 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ