މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު އަތޮޅުގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ރ.އަތޮޅު އަތޮޅުގެ މަރާމާތުކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 12:00 އަށް މިއިދާރާއަށެވެ. މަސައްކަތުގެ ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 17 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު އަތޮޅުގެ މަރާމާތުކުރުމާބެހޭ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ