މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސުވާލު ކަރުދާސްތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑިމޮގްރަފިކް ހެލްތު ސާރވޭ 16/2015 ގައި ބޭނުން ކުރާނެ ސުވާލު ކަރުދާސްތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/119)ފ(19 މޭ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ތިންފަރާތުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ޑިމޮގްރަފިކް ހެލްތު ސާރވޭ 16/2015 ގައި ބޭނުން ކުރާނެ ސުވާލު ކަރުދާސްތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 10:30އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 17 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

15 ޝަޢުބާން 1436       

02 ޖޫން 2015
ހޯދާ