ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ރުއްގަސްކަނޑައި ބިންސާފުކުރުމާއި، ވަށާފާރު ރޭނުން

ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ރުއްގަސްކަނޑައި ބިން ސާފުކުރުމާއި، ވަށާފާރު ރޭނުން.

މި ކޯޓުގެ އައު ޢިމާރާތެއް އެޅުމަށްޓަކައި މިރަށުން ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަސް ކަނޑައި ބިން ސާފުކުރުމާއި، އެ ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބާއެކު މި ކޯޓަށް ހާޒިރުވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅަންޖެހޭ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނޭވާހަކަ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އެއްފަރާތުން 1 އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެ ކުންފުނީގެ ލިޔުމަކާއެކު ފޮނުވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ