މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އިންޓާރނަލް އޮޑިޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާބެހޭ

ތިން އަހަރު ދުވަހުގެ މުއްދަތަށް މިއޮފީހަށް އިންޓާރނަލް އޮޑިޓްގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިޚިދުމަތް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 10 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 17 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިކަމާބެހޭ ޓާރމްސް އޮފް ރިފަރެންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު 20379

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 1441

ފެކްސް: 3307759

އީމެއިލް: [email protected]

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ