މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
- ކޮންސްޓަބަލް (ސްޕެޝަލް ކޮންސްޓެބްލަރީ)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކޮންސްޓަބަލް (ސްޕެޝަލް ކޮންސްޓެބްލަރީ)

މުސާރަ އާއި ޢިނާޔަތްތައް: -/8،531 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން،
  • މީލާދީގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން،
  • އިސްކޮޅު: ފިރިހެނެއްނަމަ އިސްކޮޅުގައި "3'5 ފޫޓަށްވުރެ ކުރުނުވުން، އަދި އަންހެނެއްނަމަ އިސްކޮޅުގައި '5 ފޫޓަށްވުރެ ކުރުނުވުން،
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،
  • ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުން،
  • ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާރޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައި ނުވުން،
  • ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން،

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން،
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ކުރެވޭ އިންޓަވިއު އާއި ބެކްގްރައުންޑް އެސެސްމަންޓް އިން ފާސްވުން،

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

އަންހެން ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަޑައަޅާ ތަނެއްގައި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު،
  • ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،
  • ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،
  • މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރެކޯރޑް ބަލާ ފޯމު،
  • ނެގިފަހުން 3 މަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯ އަކާއި ޕާސްޕޯރޓް ސައިޒުގެ 02 ފޮޓޯ،
  • އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ،
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2015 ޖޫން 11 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހެޅުން، އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

08 ޝައުބާން 1436

26 މޭ 2015
ހޯދާ