ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހއ. މޮޅަދޫ ސްކޫލުގެ 2 ކްލާސްރޫމާއި ސްޓާފްރޫމް އަދި ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ހއ. މޮޅަދޫ ސްކޫލުގެ 2 ކްލާސްރޫމާއި ސްޓާފްރޫމް އަދި ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)225-ID/225/2015/14ފ(23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. މޮޅަދޫ ސްކޫލުގެ 2 ކްލާސްރޫމާއި ސްޓާފްރޫމް އަދި ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

27 މޭ 2015 ވާ ބުދަ ދުވަހުގެ 11:00

03 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރިފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެމީހަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މީގެއިތުރުން އަމިއްލަ ފަރާތަކުން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. އަދި އެމީހަކު ތަމްސީލުކުރަނީ ކޮންފަރާތެއްކަން އަންގައިދޭ ސިޓީއާއި، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.   

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1. މަސައްކަތުގެ އަގު ( 65 އިންސައްތަ )

2. މަސައްކަތް ނިންމާނެ މުއްދަތު ( 15 އިންސައްތަ )

3. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް ( 10 އިންސައްތަ )

4. މިފަދަ މަސައްކަތުގެ ތަޖުރިބާ ( 10 އިންސައްތަ )

02 ޝަޢުބާން 1436

20 މޭ 2015
ހޯދާ