ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ފުވައްމުލަކު ހޯދަޑު އަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށްޓަކައި ކުރެވުނު ނަންބަރު ILU)441-CO/441/2014/23)ފ(18 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވައި ބިޑް ކާމިޔާބުކުރެއްވި ފަރާތުން މިހާރު އެމަސައްކަތް މިހާރުވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން، އެއިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބާޠިލުކޮށް، މަޢުލޫމާތުޝީޓަށް ބަދަލުގެނެސް އަލުން އަންދާސީހިސާބު ހުށަހަޅަން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މޭ  2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފުހު 01 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6860024 ނުވަތަ 6860025 އަށް ފޯނު ކުރެއްވުން އެދެމެވެ.

03 ޝަޢުބާން 1436

21 މޭ 2015
ހޯދާ