ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަބްލިކް ސާރވިސް މީޑިއާގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

ޕަބްލިކް ސަރވިސް މީޑިއާގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް

ޕަބްލިކް ސާރވިސް މީޑިއާގެ ރަސްމީ ލޯގޯ (ކޯޕަރޭޓް ލޯގޯ) ކަނޑައެޅުމަށްޓަކައި މުބާރާތެއްގެ ގޮތުގައި ޕަބްލިކް ސާރވިސް މީޑިއާގެ ލޯގޯ ޑިޒައިން ކުރުމަށް މުޅިރާއްޖެއަށް ހުޅުވާލަމެވެ. ޕަބްލިކް ސާރވިސް މީޑިއާއަކީ ޓެލެވިޜަން މޯލްޑިވްސް، ދިވެހިރާއްޖޭގެ އަޑު އަދި އޮންލައިންއާއި ޕްރިންޓް މީޑިއާގެ ޚިދުމަތާއި ކޭބަލްޓީވީ އާއި މީޑިއާގެ ދާއިރާއިން މީހުން ބިނާކޮށް ތަމްރީނު ދިނުންވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާނޫނު ނަންބަރު 2015/9 އިން އުފައްދާފައިވާ ކުންފުންޏެކެވެ.

މިމުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/15،000 (ފަނަރަހާސް) ދިވެހިރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ވީމާ، ޕަބްލިކް ސަރވިސް މިޑިއާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ލޯގޯ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް" ޖައްސަވަންވާނެއެވެ.

ހުށަހަޅާ ލޯގޯގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.

ލޯގޯ ފަރުމާ (ޑިޒައިން) ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  1. ފަރުމާކުރުމަށް ހުޅުވާލެވިފައިވާ ލޯގޯއަކީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޢާންމުކޮށް އެޤާނޫނުގައި ބުނާ ހުރިހާކަމެއް ރަމްޒުކޮށްދޭ މަރުކާއެވެ. ވީމާ މިލޯގޯ ފަރުމާކުރުމުގައި މިކަންތަކަށް ސަމާލުކަން ދޭންވާނެއެެވެ. މީގެ އިތުރުން،
  2. ކުލަކޮށާއި މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕަރއިމްޕޯސް ކުރެވޭގޮތަށް (އެއް ސްކުއަރ ސެންޓިމީޓަރަށް ކުޑަކުރި ކަމުގައިވިޔަސް އޭގެ އަސްލު ނުގެއްލެނޭގޮތަށް ނުވަތަ ވީޑިއޯ ޑިސްޓަރބް ނުވާނެގޮތަށް)
  3. ތްރީޑީ (3D) ކޮށް އެނިމޭޓް ކުރެވޭނެގޮތަށް.
  4. އެމްބޯސް ކުރަންޖެހޭ ޙާލަތްތަކުގައި އެމްބޯސް ކުރެވޭނެ ގޮތަށް ފަރުމާކުރުން
  5. ކުލައިގެ ގޮތުގައި ބޭނުންކުރާނީ ފެހި ރަތް ނުލެވެ. (މީގައި ކުލަތައް އެއްވަރަކަށް ބޭނުންކުރުން މުހިންމެއް ނޫނެވެ. މާނައެއް ދޭހަވާގޮތަށް ހުރިހާ ކުލަތައް ރަމްޒުކުރެވިފައި، ރީތީ ކޮމްބިނޭޝަނެއްގައި ކުލަ ހުރުމުން ފުދޭނެއެވެ.)
  6. ލޯގޯގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ކުންފުނީގެ ފުރިހަމަ ނަން ހިމެނުން.

މަޢުލޫމާތަށްޓަކައި ޕަބްލިކް ސާރވިސް މީޑިއާގެ ޤާނޫނުގެ 4 ވަނަ މާއްދާގެ

  • (ހ) "އިންޓަރނެޓްގެ ޛަރީޢާއިން އުފެދިގެން އަންނަ މީޑިއާގެ އެންމެހައި ވަސީލަތްތަކާއި، ބްރޯޑްކާސްޓްކުރުމުގެ އެންމެހައި ވަސީލަތްތަކާއި، ޕްރިންޓް މީޑިއާއާއި، އަދި މިނޫނަސް ޚަބަރާއި މަޢޫލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ޤައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުން"
  • (ށ) "ޕަބްލިކް ސާރވިސް މީޑިއާގެ ޤާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ. އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ޤައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމެވެ."

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 7776601 އަށް ގުޅުއްވުން އެދެމެވެ.

14 މޭ 2015
ހޯދާ