ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވެރީ އެސިސްޓެންޓް

މިކުންފުނީގެ ސުޕަރމާކެޓަށް 1 މަސްދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ޑެލިވެރީ އެސިސްޓެންޓް

އަދަދު: 12

އެހެނިހެން އިނާޔަތްތައް:

  • އަސާސީ މުސާރަ: -/3،240ރ
  • އިތުރު އެލަވަންސް: -/1،500ރ އާއި -/2،000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ރަމަޟާން މަހުގެ އިނާޔަތް: -/2،000ރ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ އުސޫލުން ހަމަޖައްސައިދެވޭނެއެވެ.
  • ގަޑިނުޖެހި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/45ރ ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕެރިޝަބަލް ވެއަރހައުސްގައި އެހީތެރިވުން
  • ޑެލިވެރީ އޯޑަރތަކަށް މުދާ ތަރުތީބުކުރުން އަދި މުދާ ޖެއްސުމާއި ލޭބަލް ކުރުން
  • މަސައްކަތް ކުރާ ތަން ފޮޅައި ސާފުކުރުން

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ތައުލީމުގެ ފެންވަރު ހުރުމާއެކު ދިވެހިބަހުން ލިޔަންކިޔަން އެގުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަދުވަހުގެ 12:30ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް: http://www.stomaldives.com/downloads

އެޑްރެސް އެސްޓީއޯ ހެޑްއޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

14 މޭ 2015
ހޯދާ