ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް

މިކުންފުނީގެ ސުޕަރމާކެޓަށް 1 މަސްދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް

އަދަދު: 08

އެހެނިހެން އިނާޔަތްތައް:

  • އަސާސީ މުސާރަ: -/3،380ރ އާއި -/4،030ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
  • އިތުރު އެލަވަންސް: -/2،000ރ އާއި -/2،500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ރަމަޟާން މަހުގެ އިނާޔަތް: -/2،000ރ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ އުސޫލުން ހަމަޖައްސައިދެވޭނެއެވެ.
  • ގަޑިނުޖެހި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/45ރ ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަރުގަނޑުތަކުގައި މުދާޖެހުމާއި، ތަކެތި ލޭބަލްކުރުން، އަދި ކަސްޓަމަރުންނަށް އެހީތެރިވުން
  • ކައުންޓަރުގެ މަސައްކަތްތައް ކުރުން އަދި ސުޕަރމާޓްގެ ވިޔަފާރި އިތުރުކުރަމަށް މަސައްކަތް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަދުވަހުގެ 12:30ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް: http://www.stomaldives.com/downloads

އެޑްރެސް އެސްޓީއޯ ހެޑްއޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

14 މޭ 2015
ހޯދާ