މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ބައެއް ތަކެތި ކްލެސިފައިކުރާ ގޮތާބެހޭ

ޕްލާސްޓިކް ޓިއުބްރޯލާއި ޕްލާސްޓިކް ފިލްމު ފިޔަވައި ކެންވަސްއާއި، ޓަރޕޯލިންގ އަދި ސޯފާ މެޓީރިއަލް ފަދަ ތަކެތި، ޑިކްލެއަރކުރާ މަރުޙަލާގައި ދެނެގަނެވޭނަމަ އެފަދަ ތަކެތި ކްލެސިފައި ކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  • ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެއްޗެއްނަމަ، ޗެޕްޓަރ 39 އަށް %20 އަށެވެ.
  • ޓެކްސްޓައިލުން ތައްޔާރުކޮށްފައިވާ އެއްޗެއްނަމަ، ޗެޕްޓަރ 59 ނުވަތަ 63 އަށެވެ.

ވީމާ، ކެންވަސްއާއި، ޓަރޕޯލިންގ އަދި ސޯފާ މެޓީރިއަލް ފަދަ ތަކެތި ޑިކްލެއަރކުރާ މަރުޙަލާގައި ދެނެގަނެވޭނަމަ، އެތަކެތި އިތުރަށް ތަޙުލީލުކުރުމުގެ ބަދަލުގައި އިސްވެ ދެންނެވުނުގޮތަށް ކްލެސިފައިކުރާގޮތަށް ހަމަޖައްސަވާފައިވާ ވާހަކަ ދެންނެވީމެވެ.

21 ރަޖަބު 1436

10 މޭ 2015
ހޯދާ