މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކުރުމާބެހޭ

މާލޭގެ އުތުރުފަރާތުގައި ހަދާފައިވާ ދަތުރުވެރިންގެ މާރުކޭޓު ބާވެ ވީރާނާވެފައިވާތީ، އެމާރުކޭޓު މަރާމާތުކޮށް، މާރުކޭޓުގެ ބޭނުންހިފާ ހުރިހާ ފަރާތަކަށް ފަސޭހަވެގެންދާނެހެން ބަދަލުތަކެއް ގެނައުމަށް ތަން ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ތަން މަރާމާތުކޮށް ރަނގަޅު ފެންވަރެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު މިފެށޭ ރޯދަމަހުގެ ކުރިން ތަން އަލުން ހުޅުވިގެންދާނެއެވެ. މި މާރުކޭޓު ބޭނުންކުރާ ފަރާތްތަކަށް ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކޮށް ރަނގަޅު ފެންވަރެއްގައި ހުޅުވެންދެން ބޭނުންކުރާނެ ވަގުތީ މާރުކޭޓެއް ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގައި ޤާއިމުކުުރެވޭނެއެވެ. މިދެންނެވި ވަގުތީ މާރުކޭޓު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައިވެސް އުފަލާއެކު ފާހަގަކުރަމެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކުރަންޖެހޭތީ، 18 މޭ 2015 ގެ ފަހުން ދަތުރުވެރިންގެ މާރުކޭޓުން ލިބެމުންދިޔަ ޚިދުމަތް ލިބެމުންދާނީ ލޯކަލް މާރުކޭޓުގެ އިރުމަތީފަރާތުގައި ޤާއިމުކުރެވޭ ވަގުތީ މާރުކޭޓުން ކަމުގައި ދަންނަވަމެވެ. މިހެންކަމުން، ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތުގެ ތޮށި (ޖެޓީ)، މުދާ ބޭލުމަށާއި އޮޑިދޯނި ފަހަރު ފުރުމަށް ބޭނުންކުރަމުންދާދިއުން ވަގުތީގޮތުން މެދުކަނޑާލުމަށްވެސް ދަންނަވަމެވެ.

މިފުރުޞަތުގައި، ދަތުރުވެރިންގެ މާރުކޭޓް ލޯކަލް މާރުކޭޓުގެ އިރުމައްޗަށް ބަދަލުކުރުމުން ދަތުރުވެރިންގެ މާރުކޭޓު ބޭނުންކުރަމުންދާ ފަރާތްތަކާއި، ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮށި (ޖެޓީ)، މުދާ ބޭލުމަށާއި އޮޑިދޯނިފަހަރު ފުރުމަށް ބޭނުންކުރަމުންދާ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށްޓަކައި އިންތިހާއަށް މަޢާފަށް އެދި މިފަދަ ވަގުތުތަކުގައި ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ