ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓް

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: މެކޭނިކަލް އެސިސްޓެންޓް

އަދަދު: 1

މުސާރަ: 4690.00ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1500.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • މެކޭނިކަލް މަސައްކަތް ތަކުގައި އެހީތެރިވުން
  • ވެހިކަލްތައް ބަލާ، މަރާމާތުކުރުން
  • ސުޕަވައިޒަރ ކަނޑައަޅާ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ކޯހެއް ފުރިހަމަ ކުރައްވާފައިވުން
  • މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 18 ވާ ހޯމަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

11 މޭ 2015
ހޯދާ