މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް އައި ބަދަލު

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް އައި ބަދަލު

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ، ދައުލަތުގެ ޕުރޮކިޔުމަންޓާ ބެހޭ ބާބުގެ 3 ވަނަ ބައިގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގާފައިވާ ފަދައިން ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ރަޖިސްޓަރީއެއް މި މިނިސްޓްރީން ދަނީ ބަލަހައްޓަމުންނެވެ. އަދި މިކަން އަންގައި 01 ފެބުރުވަރީ 2014 ގައި ވާނީ އިޢުލާންކޮށްފައެވެ.

ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގައި ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން ޖެނެރަލް ކޮންޓްރެކްޓަރސްގެ ގިންތިތަކުގެ ތެރެއަށް ގިންތިއެއް އިތުރުކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. އަދި މި ގިންތިއަކީ އަލަށް މި ދާއިރާގެ މަސައްކަތްތަކަށް ނުކުންނަ ނުވަތަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުމަށް އުފެއްދި ގިންތިއެއް ކަމުގައި ދަންނަވަމެވެ.

އަދި 1.5 މިލިއަނުން ދަށުގެ ބިޑްތަކަށް މި މިނިސްޓްރީގެ ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ނުހިމެނޭ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު މިހާރުން ފެށިގެން ހުޅުވިގެންދާނެއެވެ. ނަމަވެސް ބިޑަށް ކުރިމަތިލުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރަންވާނީ އެފަރާތެއް ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީވުމަށް ފަހުގައިކަން ދަންނަވަމެވެ.  

މިގެނެވުނު އިޞްލާޙާއެކު ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑް ލައިން އަދި ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން އެދޭނަމަ 3004304/ 3004305 ނަންބަރުން މަޢުލޫމާތު ލިބޭނޭ ވާހަކަ ދަންނަވަމެވެ.

17 ރަޖަބު 1436

06 މޭ 2015
ހޯދާ