ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ

މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް މެނޭޖަރ (1 އަހަރުގެ ކޮންޓްރެކްޓްއަށް)

އަދަދު: 01

އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ މެޑިކަލް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1950ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
  • ޕެންޝަން

މަޤާމުގެ މަސްއޫލިއްޔަތު:

  • އިންވެންޓަރީ ބަލަހައްޓައި މެނޭޖްކުރުން
  • މުދާ ސަޕްލައިކުރުމުގެ ކަންތައްތައް ބެލެހެއްޓުން
  • ވެއަރހައުސްގެ އޮޕަރޭޝަންސް ސުޕަރވައިޒް ކުރުން

ތަޢުލީމާއި ތަޖުރިބާ: ބިޒްނަސް މެނޭޖްމަންޓް ނުވަތަ މެޑިކަލް ދާއިރާއަކުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުން ނުވަތަ އެެއަށްވުރެ މަތީ ސަނަދެއް އޮތުން

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
  • މުޢާމަލާތުކުރުމުގެ ހުނަރުލިބިފައިވުން
  • ލީޑަރޝިޕް ސްކިލްސް

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 މޭ 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:  http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245، ފެކްސް: 3344041، ވެބްސައިޓް: www.stomaldives.com

03 މޭ 2015
ހޯދާ