ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމު: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓެނަންސް

ސެކްޝަން: ސައިޓް އޮޕަރޭޝަން، ވޯރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް

އަދަދު: 01

ތައުލީމީ ފެންވަރާއި ތަޖުރިބާ:

 • މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
 • ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ސައިޓް އޮޕަރޭޝަން، ވޯރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޝެކްޝަންގެ މުވައްޒަފުންގެ ކޮންމެ މަހެއްގެ ހާޒިރީއާއި އިރުތުގަޑީ ތަފުސީލު ރިޕޯޓު ތައްޔާރުކޮށް އެޗް.އާރު ޑިޕާރޓްމަންޓްއަށް ފޮނުވުމާއި އަދި ރިކޯރޑްސްތައް ބެލެހެއްޓުން.
 • ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ސައިޓް އޮޕަރޭޝަންސް މަސައްކަތްތަކަށް ބޭނުންވާނެ މެޓީރިއަލްސް، ސްޕެއަރ ޕާރޓްސް، ޓޫލްސް ފަދަ އާލާތްތައް ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. މީގެތެރޭގައި މިކޯޕަރޭޝަނުން މިކަމަށް ބޭނުންކުރުމަށް ހެދިފައިވާ ސިސްޓަމް ބޭނުންކޮށްގެން ޕާރޗޭސް ރިކުއެސްޓް ތައްޔާރުކޮށް ފޮނުވުން.
 • މުވައްޒަފުންނާއި ގުޅުންހުރި ގްރީވަންސް މައްސަލަތައް ބެލުމުގައި އެހީތެރިވެދިނުމާއި އަދި މިކަމާ ގުޅުންހުރި ލިއެ ކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
 • ޝެކްޝަންނުން ފޮނުވަންޖެހޭ މެމޯ، ސިޓީ ފަދަ ލިޔެކިއުންތައް ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ފޮނުވުން.
 • ޝެކްޝަންގެ އޮޕަރޭޝަންސް ރިޕޯޓު އަދި ވޯރކްޝޮޕް ޕްލޭން ފަދަ ލިޔެކިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
 • ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

 • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން
 • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
 • މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5،000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9،510.00ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާއަށް މުވައްޒަފެއް އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

01 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                      

މާލެ، ދިވެހިރާއްޖެ                                                                                    

ފޯނު: 3336755                                                                            

ފެކްސް: 3335892   

03 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ނުވަތަ

ހުޅުމާލެ، ދިވެހިރާއްޖެ    

ފޯނު: 3353535  

ފެކްސް: 3358892       

07 މޭ 2015
ހޯދާ