ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމު: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ޑިޕާޓްމަންޓް: ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް ޕާރސަނަލް މެނޭޖްމަންޓް

އަދަދު: 01

ތައުލީމީ ފެންވަރާއި ތަޖުރިބާ: ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ވަޒީފާއާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ހިއުމަން ރިސޯސް ސްޓްރެޓެޖީ އަދި ޕޮލިސީތައް އެކުލަވާލުމާއި އިންޕްލިމަންޓް ކުރުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • އޮފީހުން ހިންގާ އެކިއެކި ސްޓާފް ޑިވެލޮޕްމަންޓް، ޓްރެއިނިންގ އަދި ޓީމް ބިލްޑިންގ ގެ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • ކޮމްޕްލައަންސް އަދި ޕަރފޯމަންސް މެނޭޖްމަންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • ކޮމްޕެންސޭޝަން އަދި ރިވާރޑް ސްޓްރެޓެޖީ އެކުލުމާއި އިންޕްލިމަންޓް ކުރުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • އޮގަނައިޒޭޝަނަލް ރިފޯމު، ރިވިއު އަދި ބިޒްނަސް އެފިޝިއަންސީއާއި ގުޅިގެން ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • މުވައްޒަފުންނާ ގުޅުންހުރި ގްރީވަންސް މައްސަލަތައް ބެލުމާއި މިކަމާ ގުޅުންހުރި ލިއެ ކިއުންތައް ބެލެހެއްޓުން.
 • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • ޑިޕާރޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

 • ހިއުމަން ރިސޯސްގެ ފަންކްޝަންސްތަކާއި ޕްރޮސެސްތައް އެނގޭ ފަރާތަކަށްވުން.
 • އެޗް. އާރު ޕޮލިސީ އަދި އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓްގެ ހުނަރު.
 • ރަނގަޅު އިންޓަރޕާރސަނަލް ސްކިލްސް ހުރި ފަރާތަކަށްވުން.
 • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން
 • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

މުސާރަ: 10،000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 18،420.00ރ ގެ މުސާރައެއް ލިބޭނެއެވެ.)

މިވަޒީފާއަށް މުވައްޒަފެއް އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

01 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                      

މާލެ، ދިވެހިރާއްޖެ                                                                                    

ފޯނު: 3336755                                                                            

ފެކްސް: 3335892   

03 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ނުވަތަ

ހުޅުމާލެ، ދިވެހިރާއްޖެ    

ފޯނު: 3353535  

ފެކްސް: 3358892                                                                             

07 މޭ 2015
ހޯދާ