މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަކެތި ޗާޕުކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރަން ބޭނުންވެގެން 13 އެޕްރީލް 2015 ވީ ހޯމަ ދުވަހު ކުރި ނަންބަރު IUL)202-A/1/2015/48) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، މިތަކެތި ޗާޕުކުރުމަށް ލިބިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން މިތަކެތި ޗާޕުކުރުމަށް އިޢުލާންކުރަމެވެ.

  • ޓެކްސީ ސްޓިކަރ

ވީމާ، މިތަކެތި ޗާޕުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މޭ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

11 ރަޖަބު 1436    

30 އޭޕްރިލް 2015
ހޯދާ