ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބެލްކަނިތަކުގެ ކަރަންޓް، ސީލިންގ އަދި ދިޔަދޮވި ހޮޅިތައް މަރާމާތުކުރާނެ ފަރާތެއް ހޯދަން

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ބެލްކަނިތަކުގެ ކަރަންޓް، ސީލިންގ އަދި ދިޔަދޮވިހޮޅިތައް މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުމާއި އަދި ބީއޯކިއު އާ އެއްގޮތަށް، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ބެލްކަނިތަކުގެ ކަރަންޓާއި ސީލިންގ އަދި ދިޔަދޮވިހޮޅިތައް މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެެެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:          އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ބެލްކަނިތަކުގެ ކަރަންޓް، ސީލިންގ އަދި ދިޔަދޮވިހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      2015 މޭ 7 ވާ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 މޭ 7 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލްގެ ޒަރީޢާއިންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 މޭ 10 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 މޭ 14 ވާ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބީލަމަށް ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2015 މޭ 21 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މޭ 28 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 3012402 ، 3344374

ފެކްސް:  3344633

އީމެއިލް: [email protected]

30 އޭޕްރިލް 2015
ހޯދާ