ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކައިލުމަށް

މި ކުންފުނީގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކައިލަން ބޭނުން ވެއެވެ.

  • 1293- ހަލާކުވެފައިވާ އެއަރކޯން އިންސްލޭޝަން
  • 155- ގަސްއިންދާ ޕޮޓުގެ ފޫ
  • 60- VRV އެއާކޯންގެ ފަންކާ ބްރެކެޓް

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) އެވެ.  

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިވުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމުގައި ދަންނަވަމެވެ.

މި ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ ނަންބަރު 7974772 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

03 ރަޖަބު 1436 

22 އޭޕްރިލް 2015
ހޯދާ