މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުމަގުން އެއްރަށުން އަނެއްރަށަށް ބިދޭސީން ގެންދިއުމާބެހޭ

ދިވެހިރާއްޖޭގައި ބިދޭސީން ކަނޑުމަގުން އެއްރަށުން އަނެއްރަށަށް ގެންދަންވާނީ މުއްދަތު ހަމަނުވާ ވާރކްޕާމިޓް ނުވަތަ ވިސާ އޮތްކަން އުޅަނދުގެ ނެވިމީހާ ނުވަތަ ޑުރައިވަރު ޔަގީން ކުރުމަށްފަހުގައެވެ.

އެހެންކަމުން 15 އެޕްރީލް 2015 ދުވަހުން ފެށިގެން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ބިދޭސީން މި އުސޫލާ ޚިލާފަށް އުފުލަމުންދާނަމަ ޤާނޫނު ނަންބަރު 69/78 "ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު" އިން ބާރުލިބިގެން ހަދާފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ 11.12 ގެދަށުން އުޅަނދުގެ ވެރިފަރާތް -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާކުރުމާއެކު އުޅަނދު ދުއްވިފަރާތް -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު ދުއްވި ފަރާތުގެ ލައިސަންސްފޮތުގައި ކުރި ކުށް އެންޑޯޒް ކުރެވޭނެއެވެ. މިކަން ތަންފީޒުވަމުންދޭތޯ މޯލްޑިވްސް ޕޮލިސަ ސަރވިސް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ރަށްރަށުގެ ރަށު ކައުންސިލްތަކުން ބައްލަވަމުން ގެންދަވާނެއެވެ.

އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު މަތީގައި ބަޔާންކޮށްފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެކަން އުޅަނދުފަހަރުގެ ވެރިންނަށާއި އުޅަނދުފަހަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކަށް އަދި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކަށް އެންގުމަށް ޢާންމުކޮށް އިޢުލާން ކުރީމެވެ.   

14 ޖުމާދަލްއާޚިރާ 1436

08 އޭޕްރިލް 2015
ހޯދާ