ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ ގރ.1

މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ ގރ 1

އަދަދު: 02

އަސާސީ މުސާރަ: -/4،350ރ އާއި -/5،100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ސާވިސް އޮފީސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1،500.00ރ އާއި 2،100.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • ފާމަސީ އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ މުދާ އޯޑަރުކުރާނެ މިންވަރު ފޯކާސްޓްކޮށް އޯޑަރުކުރުން
  • އާ މުދަލުގެ އަގު ހެދުމާއި އަގު މެއިންޓެއިން ކުރުން
  • ގުދަނުން ފާމަސީތަކަށް ބޭސް ފޮނުވުމަށް ސިސްޓަމް ޓްރާސްފަރ ހެދުން
  • މަސައްކަތާއި ގުޅޭގޮތުން އެހެން މުއައްސަސާތަކަށް ފޮނުވަންޖޭހޭ ސިޓީތައް ތައްޔާރުކުރުން
  • ފާމަސީތަކުގައި ބޭސް ހުރި މިންވަރު ބަލައި މޮނީޓަރކުރުން

ތަޢުލީމާއި ތަޖުރިބާ: ޖީ.ސީ.އީ އޭލެވެލް 3 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސަައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
  • މެޑިކަލް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 އެޕްރީލް 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245  ފެކްސް:  3344041  އީމެއިލް: [email protected]

05 އޭޕްރިލް 2015
ހޯދާ