ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކ ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ADM/2015/87-ފ60 ނަންބަރު އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލް ކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް:          މި ކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް ލ.ފޮނަދޫ ފިހާރައިގެ ކާޑުގުދަން ބޮޑުކުރުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީކުރުން:      ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 އެޕްރީލް 13 ވާ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ލ.ފޮނަދޫ ފިހާރައަށް ނުވަތަ އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 އެޕްރީލް 13 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2015 އެޕްރީލް 14 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ލ.ފޮނަދޫ ފިހާރާގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އެޕްރީލް 19 ވާ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުއްވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 އެޕްރީލް 26 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މޭ 03 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ލ.ފުނަދޫ ފިހާރައިގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3012402 , 3344196

ފެކްސް:  3344633

އީމެއިލް: [email protected]

01 އޭޕްރިލް 2015
ހޯދާ