ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބޯޓުފަހަރުން މުދާ ބޭލުމާއި، ބޯޓުފަހަރަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުން ބަސްތާއިން ގެންނަ މުދަލާއި އެހެނިހެން ބޯޓުފަހަރުން ބަސްތާއިން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންްްގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ADM/2015/98-ފ60) ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 13:00 އަށް ސ.ހުޅުމީދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 20 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު، ސ.ހުޅުމީދޫ ފިހާރައަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :

ފޯން: 3344374 ، 3012402

ފެކްސް: 3344633

[email protected] :އީމެއިލް

02 އޭޕްރިލް 2015
ހޯދާ