މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމްސް

މިމިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 1ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމްސް – އަދަދު: 3

DELL Optiplex 9020 MT Computer System

Model

R Intel Q87 Express Chipset

Intel Core i7-4790 Processor (Quad core, 3.6GHz, 8MB Cache, w/Hd Graphics 4600)

Processor

Intel       Q87 Express Chipset

Chipset

16GB 1DIMM NON-ECC, 1600MHz

Memory

X2 500GB 3.5inch Serial ATA (7,200 Rpm) Hard Drive

Hard Disk

16X Half Height DVD+/-RW Drive

Optical

MSI Nvidia 1GB DDR3 N210Graphics Card (VGA & DVI Dual Display Capable)

Graphics

Internal Dell Business Audio Speaker

Speaker

US English (QWERTY) Dell KB212-B QuietKey USB Keyboard Black

Keyboard

Dell MS111 USB Optical Mouse

Mouse

Intel  1217LM Ethernet LAN 10/100/1000

Network

4 External USB 3.0 ports (2front, 2 rear) and 6 External USB 2.0 ports (2 front, 4 rear, except USFF – 4 rear only) and 2 internal USB 2.0 (MT only); 1 RJ-45; 1 serial; 1 VGA; 2 Display Port; 2PS/2; 2 Line-in (stereo/microphone), 2 Line-out (headphone/speaker)

Ports

X2 Dell E Series E2414H 24” Wide Screen Monitor with LED Back Light

Monitor

Windows 7 Professional, English 64bit (includes Windows 8.1 Pro 64 bit License and Media)

މިނިސްޓްރީން ބަލާނެ ކަންތައްތައް

  1. ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މިކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
  2. ބިޑް އިވެލުއޭޓްކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. ކުރީގައި ކޮށްފައިވާ މަސައްކަތުގެ ރިފަރެންސް ލެޓަރ ހުށަހަޅަންވާނެއެވެ.
  4. ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެއެއްޗެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
  5. ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
  6. ހުށަހަޅާ އަންދާސީހިސާބު 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން.

1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.

2. ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.

3. ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

60%

  • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Price / Submitted Price) x Allocated Percentage

ޑެލިވަރީ ޕީރިއަޑް

10%

  • ތަކެތި މިނިސްޓްރީއާ ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) x Allocated Percentage

ތަކެތީގެ ވޮރަންޓީ

15%

  • ގަންނަ ތަކެތި މުވައްޒަފެއްގެ އިހުމާލަކާ ނުލައި ހަލާކުވެއްޖެނަމަ ހަދައިދިނުމަށް ދޭ މުއްދަތަށް މާކްސް ދޭވަރު

(Warranty Period / Bench Mark) x Allocated Percentage

ސަރވިސް ވޮރަންޓީ

10%

  • ސަރވިސް ދިނުމަށް ހުށަހަޅާފައިވާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Warranty Period / Bench Mark) x Allocated Percentage

ކޮމްޕެނީ ޕްރޮފައިލް

5%

  • ކުރީގައި މިކަހަލަ މަސައްކަތްކުރިކަމުގެ ލިޔުންތައް ބަލައި މާކްސް ދެވޭނެއެވެ.
  • މި މަސައްކަތާ ގުޅޭ މަސަކަތްކޮށްފައިވާނަމަ ގިނަ މާކްސް ލިބޭނެއެވެ.

Based on the reference letters points will be awarded.

More points given if similar works have been carried out before.

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 8 އެޕްރީލް 2015 ގެ 14:00 އަށް މިމިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ސީ.ޕީ.އެމް.ޔޫ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 8 އެޕްރީލް 2015 ގެ 14:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333155 އަށް ގުޅުއްވުން އެދެމެވެ.

‏11‏ ޖުމާދަލްއާޚިރާ‏ 1436

30 މާރިޗު 2015
ހޯދާ