ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރ

މި ކުންފުނީގެ ނަންބަރު 80/2014/60ADM އިޢުލާނަށް ކެނޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ޑްރައިވަރ

އަދަދު: 02

އަސާސީ މުސާރަ: -/3،830ރ އާއި -/5،000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: ކޮންސްޓްރަކްޝަން ވެއަރ ހައުސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1،900ރ އާއި -/2،900ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕެންޝަން
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

މަޤާމުމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންގެ ސައިޓްތަކަށް މުދާ ޑެލިވަރ ކުރުން
  • ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން
  • ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • "ސީ 1"  ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަވުން
  • "ޑީ 0" އަދި "އީ"  ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތް މިދާއިރާގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261، ވެބްސައިޓް: www.stomaldives.com

30 މާރިޗު 2015
ހޯދާ