ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ މިދަންނަވާ ފާމަސީތަކަށް ދެ އަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

މަސައްކަތްކުރާ ތަން

އަސާސީ މުސާރަ (ރުފިޔާ)

އަދަދު

މަޤާމު

އދ. ފެންފުށި އެސް.ޓީ.އޯ ފާމަސީ

-/4،350

1

ފާމަސިސްޓް

-/3،380

2

ފާމަސީ އެސިސްޓެންޓް

އދ. މަންދޫ އެސް.ޓީ.އޯ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓެންޓް

މ. ވޭވަށް އެސް.ޓީ.އޯ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓެންޓް

ތ. ވަންދޫ އެސް.ޓީ.އޯ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓެންޓް

ލ. ދަނބިދޫ އެސް.ޓީ.އޯ ފާމަސީ

-/4،350

1

ފާމަސިސްޓް

-/3،380

2

ފާމަސީ އެސިސްޓެންޓް

ލ. ގާދޫ އެސް.ޓީ.އޯ ފާމަސީ

-/3،380

2

ފާމަސީ އެސިސްޓެންޓް

ލ. މާމެންދޫ އެސް.ޓީ.އޯ ފާމަސީ

-/4،350

1

ފާމަސިސްޓް

-/3،380

2

ފާމަސީ އެސިސްޓެންޓް

ގދ. ނަޑެއްލާ އެސް.ޓީ.އޯ ފާމަސީ

-/4،350

1

ފާމަސިސްޓް

-/3،380

2

ފާމަސީ އެސިސްޓެންޓް

ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން.
  • ބޭސް ދޫކުރުން.
  • ބޭސް ހަރުތަކުގައި ޖެހުން.
  • ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން.
  • މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ: އެޑްވާންސްޑް ސެޓިފިކެޓް ނުވަތަ ޑިޕްލޮމާއިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

ފާމަސީ އެސިސްޓެންޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުން ލިބެންހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތު ހަމަވާ ބޭސްތައް ޗެކުކުރުންް
  • ރެކްތަކުގައި ބޭސް ޖެހުން
  • ކްރެޑިޓް ބިލް ޗެކްކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ: ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1،500.00ރ އާއި 2،500.00ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަމަޖައްސައިދެވޭނެ
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
  • ޕެންޝަން
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 2 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަޓިފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245   ފެކްސް: 3344041  އީމެއިލް އެޑްރެސް: [email protected]

26 މާރިޗު 2015
ހޯދާ