މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރައިވެރިބޭގެ ޖިހާދުގެ ފެތުން

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމަށްޓަކައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ފަންސާސް، ރައިވެރިބޭގެ ޖިހާދުގެ ފެތުން" މިނަމުގައި ބާއްވާ ޚާއްޞަ ފެތުން 27 މާރިޗު 2015 ވާ ހުކުރު ދުވަހުގެ މެންދުރުފަހުގެ 2:00 އިން ފެށިގެން ހަވީރު 6:30 ގެ ނިޔަލަށް މާލޭގެ ހުޅަނގުފަރާތުން މާލެއާއި ވިލިނގިއްޔާ ދޭތެރޭގައި އޮންނަންވާނެއެވެ.

ވީމާ، 27 މާރިޗު 2015 ވާ ހުކުރު ދުވަހުގެ 2:00 އިން ފެށިގެން ހަވީރު 6:30 ގެ ނިޔަލަށް މާލޭގެ ހުޅަނގުފަރާތުން މާލެއާއި ވިލިގިއްޔާ ދޭތެރޭ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދަތުރު ނުކުރެވޭގޮތަށް ބަންދުކޮށް އަޅާފައިވާ ބޮއިތަކެއްވާނެތީ މިސަރަހައްދުގައި ދަތުރުކުރާ ކަނޑުގައި ދުއްވާ ހުރިހާ އުޅަނދުފަހަރުން މިކަމަށް ސަމާލުވެ، މިސަރަހައްދުން އުޅަނދުފަހަރު ހުރަސްކުރުމަކީ މަނާކަމެއް ކަމުގައި އަންގައި އިޢުލާންކުރަމެވެ.

05 ޖުމާދަލްއާޚިރާ 1436

25 މާރިޗު 2015
ހޯދާ