ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު: މަސައްކަތު (ފިރެހެން)

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: ލޭންޑް ސްކޭޕިންގް އެންޑް ގްރީނަރީ

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ: އަސާސީ ތަޢުލީމީ ފެންވަރު ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހުޅުމާލެ އެކިއެކި ސަރަހައްދުތަކުގައި ގަސްއިންދުން
  • ހުޅުމާލޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • ވިނަބޯވެފައިވާ ތަންތަނުން ވިނަ ނޮޅުމާއި ގަސްތައް ބޯވެފައިވާ ތަންތަނުގެ ގަސްތައް ކޮށައި ސާފުކުރުން.
  • ޝެޑިއުލްއާއި އަދި ދީފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ގަސްތަކަށް ގަސްކާނާ އާއި ފާޓިލައިޒާ އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • ގަސް އިންދުމާބެހޭ މަސައްކަތްތައް ދަންނަ މީހެއްކަމުގައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 3670.00ރ (އެލަވަންސްތަކާއެކު މަދުވެގެން 7978.75ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފީހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       

މާލެ، ދިވެހިރާއްޖެ                                                                                    

ފޯނު:3336755                                                                               

ފެކްސް : 3335892، ނުވަތަ

3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: 3353535      

ފެކްސް: 3358892                                                                  

26 މާރިޗު 2015
ހޯދާ