މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ ރަޖިސްޓަރީއާ ބެހޭ

އެއްގަމު އުޅަނދުގެ ރަޖިސްޓަރީއާބެހޭ

މިހާރަކަށް އައިސް އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ގެއްލިގެން ހުށަހަޅަމުން ގެންދިއުން ގިނަވަމުންދާތީ ދަންނަވަމެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓަރީއަކީ، އެއުޅަނދަކާބެހޭ ރަސްމީ ލިޔުމަކަށްވާތީ، އެއުޅަނދަކަށް ދޫކުރާ ރަޖިސްޓަރީ ކާޑު ރައްކާތެރިކަމާއެކު، ބެލެހެއްޓެވުމަކީ މުހިންމުކަމެއް ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން އުޅަނދުގެ ވެރިފަރާތް ބަދަލުނުކޮށް އެކަކު އަތުން އަނެކަކު އަތުން ބަދަލުވަމުން ގޮސް އެއުޅަނދަކާ ބެހޭގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައިވެސް ވަރަށް ބޮޑަށް ދަތިވަމުންދެއެވެ.

ވީމާ، އެއްގަމު އުޅަނދުގެ ވެރިފަރާތުން އެއުޅަނދަކަށް ދޫކޮށްފައިވާ ރަޖިސްޓަރީކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، އުޅަނދު ވިއްކާލައި ނުވަތަ އެހެން ފަރާތަކަށް ދޭނަމަ ވެރިފަރާތް ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި ވެރިފަރާތް ބަދަލުނުކޮށް، އެއުޅަނދެއް ދުއްވާ ފަރާތް ވެރިފަރާތަށް ނޭގުނު ނަމަވެސް ދިމާވާ މައްސަލަތަކުގެ ޒިންމާ ވެރިފަރާތުން އުފުލަންޖެހިދާނެފަދަ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެއްގަމުއުޅަނދުގެ ރަޖިސްޓަރީތައް ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.

18 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ