ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މުދާ ބޯޓުން ބާލައިގެން ގެންގޮސް ގުދަނުގައި ޖެއްސުމާއި، ބޯޓުފަހަރުތަކަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގެ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުން އަދި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ގުދަނުގައި ޖެއްސުމާއި އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގެ ގުދަނުން އެސްޓީއޯގެ ބޯޓުފަހަރުތަކަށާއި އެހެނިހެން ބޯޓުފަހަރުތަކަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ލ.ފޮނަދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، ލ.ފޮނަދޫ ފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344374 ، 3012402

ފެކްސް: 3344633

[email protected] :އީމެއިލް

09 މާރިޗު 2015
ހޯދާ